އާމިއާ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފެޑެރޭއަށް

އެލްދީ ބިދަބިން އާމިއާ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ޗެމްޕިއަންކަން ފެޑެރޭ ހޯދައިފިއެވެ. އަލިފުށީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި ސްޓްރޭންޖަސް އާއި ބައްދަލުކޮށް ފެޑެރޭ މެޗު ކާމިޔާބުކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާނުކުރެވި އެއްވަރުވުމުން ޕެނަލްޓީ ޖަހައި 4-2 ގެ ނަތީޖާ އަކުންނެވެ.  މިމުބާރާތުގެ ވަނަވަނައަށް ބަލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެޑެރޭގެ ގޯލްކީޕަރ މުޙައްމަދު ފަސީހުއެވެ. މުބާރާތުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެޑެރޭގެ […]