އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އާމިއާ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފެޑެރޭއަށް

Picture of އެޑްމިން

އެޑްމިން

އެލްދީ ބިދަބިން އާމިއާ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ޗެމްޕިއަންކަން ފެޑެރޭ ހޯދައިފިއެވެ. އަލިފުށީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި ސްޓްރޭންޖަސް އާއި ބައްދަލުކޮށް ފެޑެރޭ މެޗު ކާމިޔާބުކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާނުކުރެވި އެއްވަރުވުމުން ޕެނަލްޓީ ޖަހައި 4-2 ގެ ނަތީޖާ އަކުންނެވެ. 

މިމުބާރާތުގެ ވަނަވަނައަށް ބަލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެޑެރޭގެ ގޯލްކީޕަރ މުޙައްމަދު ފަސީހުއެވެ. މުބާރާތުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެޑެރޭގެ ހަސަން ރާއިފް އަހުމަދުއެވެ. އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކީ ސްޓްރޭންޖަސްގެ އަހުމަދު ހުޝާމެވެ. މީގެއިތުުރުން އެންމެ މޮޅުކީޕަރުގެ މަޤާމު ހޯދާފައިވަނީ ސްޓްރޭންޖަސްގެ އަބްދުއް ސަދާދު އާދަމްއެވެ. އެންމެ މޮޅު ޑިފެންސަކަށް ފެޑެރޭގެ ހުސައިން ޝިފާއު ޔޫސުފް ހޮވިފައިވާއިރު މުބާރާތުގެ ”ބެސްޓް ޔަންގު ޕްލޭޔަރ” އަކަށް ހޮވިފައިވަނީ ފެޑެރޭގެ އަހުމަދު ޒަލަފްއެވެ. މީގެ އިތުުރުން ފެއަރ ޕްލޭ ކުޅުންތެރިއަކަށް ސްޓްރޭންޖަސްގެ އިބްރާހިމް ޝާހިދު ހޮވިފައިވާއިރު ފެއަރ ޕްލޭ ޓީމަކީ ދަ ގްރީންސްއެވެ. 

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 15،000 ރުފިޔާ ދީފައިވާ މިމުވާރާތުގެ މެއިން ސްޕޮންސަރުންނަކީ އެލްދީ ފައުންޑޭޝަން އަދި ބިދަބިންނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމީއްޔާތުގައި އެލްދީ ފައުންޑޭޝަނުގެ ވެރިން އަދި ބިދަބިންގެ ވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

1 ކޮމެންޓް
Most Voted
Newest Oldest
Inline Feedbacks
ހުރިހާ ހިޔާލުތަށް ބެލުމަށް
ރައްޔިތުމީހާ
ރައްޔިތުމީހާ
ގެސްޓް

މަރުހަބާ ފެޑެރޭ