އަލިފުށި ސިއްޙީ މަރުކަޒު މުވައްޒަފުންގެ އައު ޔުނީފޯމު އިފްތިތާޙުކޮށްފި

ރ.އަލިފުށި ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އައު ޔުނީފޯމު އިފްތިތާޙުކޮށް ބޭނުންކުރަން ފަށައިފިއެވެ. މިކަމަށްޓަކައި އަލިފުށި ސިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު ޔުނީފޯމުތައް އިފްތިތާޙުކޮށްދެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް އިބްރާހީމް ޝަރީފާއި، ސީނިއަރ އެޑްމިން އޮފިސަރ ޢަބްދުﷲ ޢާދިލެވެ.  މިގޮތުން ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހުންނާއި، އެޓެންޑެންޓުންނާއި، ކަސްޓަމަރ ސަރވިސް އޮފިސަރުންގެ އިތުރުން ޑްރައިވަރުންގެ ޔުނީފޯމުވެސް މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ. ރ އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތައް، ސަރަޙައްދީ ހޮސްޕިޓަލް ކަމުގައިވާ އުނގޫފާރު […]