އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި ސިއްޙީ މަރުކަޒު މުވައްޒަފުންގެ އައު ޔުނީފޯމު އިފްތިތާޙުކޮށްފި

Picture of ފާތިމަތު އަޝްފާ

ފާތިމަތު އަޝްފާ

ރ.އަލިފުށި ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އައު ޔުނީފޯމު އިފްތިތާޙުކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި އަލިފުށި ސިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު ޔުނީފޯމުތައް އިފްތިތާޙުކޮށްދެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް އިބްރާހީމް ޝަރީފާއި، ސީނިއަރ އެޑްމިން އޮފިސަރ ޢަބްދުﷲ ޢާދިލެވެ.

 މިގޮތުން ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހުންނާއި، އެޓެންޑެންޓުންނާއި، ކަސްޓަމަރ ސަރވިސް އޮފިސަރުންގެ އިތުރުން ޑްރައިވަރުންގެ ޔުނީފޯމުވެސް މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ.

ރ އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތައް، ސަރަޙައްދީ ހޮސްޕިޓަލް ކަމުގައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށަށް ބަދަލުކޮށްފައިވާއިރު އަލިފުށި ސިއްޙީ މަރުކަޒުވެސް މިހާރު ހިންގަމުން އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންނާއި އެޓެންޑެންޓުންގެ ޔުނީފޯމުގެ ކުލަ ބަދަލުކުރުމަށް ސަރުކާރުން ނިންމީ ނަރުހުންގެ އެސޯސިއޭޝަނުގެ އެދުމުގެ މަތިންނެވެ. ޔުނީފޯމުގެ ކުލައަށް ގެނައި ބަދަލަށް އަމަލުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަށް އަންގާފައެވެ.