2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިންގގައި އަލިފުށި ކައުންސިލަށް 101 ވަނަ!

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ހޮވި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިންގގައި އަލިފުށި ކައުންސިލު 101 ވަނައިގައި ހިމެނިއްޖެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެލް.ޖި.އޭ އިން އާންމުކުރި މައުލޫމާތުގައި ވާގޮތުން ރ އަތޮޅު ކައުންސިލު ހިމެނިފައިވަނީ މި ރޭންކިންގގެ 7 ވަނައިގައެވެ. އަދި މި ރޭންކިންގގައި ރ އަތޮޅުގެ އެންމެ ކުރި ހޯދި ފައިނު ކައުންސިލު ހިމެނިފައިވަނީ 10 ވަނައިގައެވެ. އަތޮޅު ކައުންސިލުތަކުގެ ތެރެއިން ރޭންކިންގގެ އެއްވަނަ ށ […]