އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިންގގައި އަލިފުށި ކައުންސިލަށް 101 ވަނަ!

Picture of ފާތިމަތު އަޝްފާ

ފާތިމަތު އަޝްފާ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ހޮވި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިންގގައި އަލިފުށި ކައުންސިލު 101 ވަނައިގައި ހިމެނިއްޖެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެލް.ޖި.އޭ އިން އާންމުކުރި މައުލޫމާތުގައި ވާގޮތުން ރ އަތޮޅު ކައުންސިލު ހިމެނިފައިވަނީ މި ރޭންކިންގގެ 7 ވަނައިގައެވެ. އަދި މި ރޭންކިންގގައި ރ އަތޮޅުގެ އެންމެ ކުރި ހޯދި ފައިނު ކައުންސިލު ހިމެނިފައިވަނީ 10 ވަނައިގައެވެ.

އަތޮޅު ކައުންސިލުތަކުގެ ތެރެއިން ރޭންކިންގގެ އެއްވަނަ ށ އަތޮޅު ކައުންސިލު ހޯދާފައިވާއިރު، އެއްވަނައިގައި ހިމެނުނު ރަށު ކައުންސިލަކީ އއ.ބޮޑުފޮޅުދޫ ކައުންސިލެވެ.      މި އިންޑެކްސްގެ މަޤްސަދަކީ ކައުންސިލުތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ޕާރފޯމަންސް ރޭންކް ކަނޑައެޅުމެވެ.