ދަޢުލަތުގެ ޓެކްސް އިދާރާއިން އަލިފުށްޓަށް ޒިޔާރަތްކޮށް ޓެކުހާ ގުޅޭ މައުލޫމާތު ދީފި

ދަޢުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަލިފުށްޓަށް ޒިޔާރަތްކޮށް ޓެކުހާ ގުޅޭ މައުލޫމާތު ދީފިއެވެ. މީރާގެ ޓީމުން އަލިފުށްޓަށް ކުރި މި ޒިޔާރަތުގައި، އަލިފުށީގެ ވަކިވަކި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރީންނަށް މައުލޫމާތު ދިނުމުގެ އިތުރުން، އާންމުންނާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ވަނީ މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ދާދިފަހުން ޖީ.އެސް.ޓީ ރޭޓަށް ސަރުކާރުން ގެނައި ބަދަލަށް އާންމުން ހޭލުންތެރިކުރުމަށާއި، މި ނޫންވެސް ޓެކުހާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށް މީރާގެ ޓީމުން […]