އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ދަޢުލަތުގެ ޓެކްސް އިދާރާއިން އަލިފުށްޓަށް ޒިޔާރަތްކޮށް ޓެކުހާ ގުޅޭ މައުލޫމާތު ދީފި

Picture of ފާތިމަތު އަޝްފާ

ފާތިމަތު އަޝްފާ

ދަޢުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަލިފުށްޓަށް ޒިޔާރަތްކޮށް ޓެކުހާ ގުޅޭ މައުލޫމާތު ދީފިއެވެ. މީރާގެ ޓީމުން އަލިފުށްޓަށް ކުރި މި ޒިޔާރަތުގައި، އަލިފުށީގެ ވަކިވަކި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރީންނަށް މައުލޫމާތު ދިނުމުގެ އިތުރުން، އާންމުންނާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ވަނީ މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ދާދިފަހުން ޖީ.އެސް.ޓީ ރޭޓަށް ސަރުކާރުން ގެނައި ބަދަލަށް އާންމުން ހޭލުންތެރިކުރުމަށާއި، މި ނޫންވެސް ޓެކުހާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށް މީރާގެ ޓީމުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ރޭޓު 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ބަދަލަށް އާންމުންނާއި ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް މީރާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކަށް އެ އިދާރާގެ ޓީމުތައް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އަންނަނީ ހިންގަމުންނެވެ.