އާ އަހަރެއް ފެށުނީއެވެ.

2022 ވަނަ އަހަރު ނިމި 2023 ވަނަ އަހަރު ފެށުނީއެވެ. މިއަހަރު ފެށުނުއިރު މިވަނީ ސްކޫލު ދަރިވަރުންގެ ޗުއްޓީއަކާ ވެސް ދިމާވެފައެވެ. އެއްރަށުން އަނެއްރަށަށް ރައްޓެހިންނާ ބީރައްޓެހިން ދަތުރުކުރަމުން ދަނީ އެކި ބޭނުންތަކުގައެވެ. މިއަހަރު ފެށުނުއިރު އަލިފުށީގައި ވެސް މިވަނީ ފުޓުބޯޅައިގެ ޢީދަކާ ލައިގަނެފައެވެ. ” އެލްދީ ބިދަބިން އާމިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022”ގެ ނަމުގައި ފެށި މުބާރާތް ދަނީ ފޯރިއާއެކު ކުރިއަށެވެ. މުބާރާތުގައި ދެން އޮތީ ފައިނަލް މެޗެވެ. މިމެޗުގައި ބައްދަލު ކުރާނީ ޓީމް ފެޑަރޭއާ […]

​ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު އަލިފުއްޓަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު އަލިފުއްޓަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު އަލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިދަތުރުފުޅުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޖަލްސާ އޮންނާނީ […]