އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

​ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު އަލިފުއްޓަށް

Picture of އަލީ ޝަހީމް

އަލީ ޝަހީމް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު އަލިފުއްޓަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު އަލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިދަތުރުފުޅުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޖަލްސާ އޮންނާނީ އަލިފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަވީރެއްގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރައިސްގެ މިދަތުރުފުޅުގައި 2019ވަނަ އަހަރު އެމަނިކުފާނު ބިންގާ އަޅުއްވައިދެއްވި އަލިފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ވެސް ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ގިނަ ދަރިވަރުންނާ ބެލެނިވެރިން އަދި އާޢްމު ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މިހޯލް ހުޅުވައިދެއްދެއްވާނީ ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހެވެ.

އަލިފުށީގެ ރައްޔިތުންގެ އުއްމީދަކީ ރައީސްގެ މިދަތުރުފުޅަކީ ހުރިހާ ގޮތަކުން ކާމިޔާބު ދަތުރުފުޅަކަށް ވުމެވެ.