އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އާ އަހަރެއް ފެށުނީއެވެ.

Picture of އަލީ ޝަހީމް

އަލީ ޝަހީމް

2022 ވަނަ އަހަރު ނިމި 2023 ވަނަ އަހަރު ފެށުނީއެވެ. މިއަހަރު ފެށުނުއިރު މިވަނީ ސްކޫލު ދަރިވަރުންގެ ޗުއްޓީއަކާ ވެސް ދިމާވެފައެވެ. އެއްރަށުން އަނެއްރަށަށް ރައްޓެހިންނާ ބީރައްޓެހިން ދަތުރުކުރަމުން ދަނީ އެކި ބޭނުންތަކުގައެވެ.

މިއަހަރު ފެށުނުއިރު އަލިފުށީގައި ވެސް މިވަނީ ފުޓުބޯޅައިގެ ޢީދަކާ ލައިގަނެފައެވެ. ” އެލްދީ ބިދަބިން އާމިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022”ގެ ނަމުގައި ފެށި މުބާރާތް ދަނީ ފޯރިއާއެކު ކުރިއަށެވެ. މުބާރާތުގައި ދެން އޮތީ ފައިނަލް މެޗެވެ. މިމެޗުގައި ބައްދަލު ކުރާނީ ޓީމް ފެޑަރޭއާ ސްޓްރޭންޖަރސް އެވެ. ހުނަރުވެރި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރާނެ މިމެޗަކީ ފޯރިގަދަ މެޗަކަށް ވާނެކަން ޔަޤީނެވެ.

މިމުބާރާތަކީ ރަށުން ބޭރުން ވެސް ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެފައިވާ މުބާރާތެކެވެ. ރާއްޖޭގެ ނަން މަޝްހޫރު ޓީމްތަކުގެ ކުޅުންތެރިން މިމުބާރާތުގައި ކޫޅެމުންދާތަން ބަލާލަން ލިބުމަކީ ގިނަބަޔަކު އުފާކުރަމުން އަންނަ ކަމެކެވެ.

ދުވަސްވަރަކީ ސްކޫލު ދަރިވަރުންގެ ޗުއްޓީ ދުވަސްވަރަށް ވުމާއެކު ދަރިވަރުންނާ ބެލެނިވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. ރަށުގައި އުޅޭ ދަންނަ ނުދަންނަ މީހުންނާ ދޭތެރޭ ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. ދަރިން ފޮތާ ދުރުވިޔަ ނުދީ އަޚުލާޤީ ކަންކަމަށް ބާރުއަޅަން މަސައްކަތް ކުރަން ޖެހެއެވެ. އެކިމިޒާޖުގެ މީހުން ރަށުތެރޭގައި އުޅެމުންދާއިރު ދަރިންގެ ކަންކަން ވަރަށް ގާތުން ބެލުމަކީ ހަމަ ކޮންމެ މަންމައަކާ ބައްޕައަކު ކުރަންޖެހޭނެ ކަމެކެވެ.

އާއަހަރެއް ފެށިގެން ކުރިއަށް ދާއިރު ކޮންމެ މީހަކުވެސް ފޮނި އުއްމީދުތަކެއް ކުރާނެއެވެ. އަދި އެއުއްމީދުތައް ޙާޞިލު ކުރަން ގަދައަޅާ މަސައްކަތް ކުރާނެއެވެ. ދުޢާއަކީ މިފެށުނު އާއަހަރަކީ ހުރިހާ ގޮތަކުން ވެސް ފާގަތި ކާމިޔާބު އަހަރެއްކަމުގައި ލެއްވުމެވެ. އާމީން