“ދަ ހޫ” މަސްރޭހުގެ އެއްވަނަ ހެދޭކުރި ޓީމަށް

އަލިފުށީގައި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ “ދަ ހޫ” ގެ ފަރާތުން އަލިފުށީގައި ބޭއްވި ފުރަތަމަ މަސްރޭހުގެ ޗެމްޕިއަންކަން ހެދޭކުރި ޓީމުން ހޯދައިފިއެވެ.ޖުމްލަ 13 ޓީމު ބައިވެރިވި މި ވާދަވެރި މުބާރާތުގެ އެއްވަނަ ހޯދި ހެދޭކުރި ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 168.14 ކިލޯއެވެ. މުބާރާތުން ދެވަނަ ހޯދި އިންފިނިޓީ ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 60 ކިލޯއެވެ. އަދި 52.32 ކިލޯގެ މަސް ބާނައިގެން ތިންވަނަ ހޯދާފައިވަނީ ކޯޅުން ޓީމުންނެވެ.މުބާރާތުގެ އެއްވަނަ ޓީމަށް ދިހަ ހާސް […]

ދިގު އިންތިޒާރަކަށް ފަހު އަލިފުށި ސުކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމުމަކަށް!

ޒަމާނުންސުރެ އަލިފުށީ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަނގަޅު ފެންވަރެއްގެ ހޯލެއް ސުކޫލްގައި ނެތުމުގެ މައްސަލައެވެ. ތަފާތު ފެންވަރުގައި ބާއްވާ ޖަލްސާތަކާއި، ހަފްލާތައް މިހާރު ބާއްވަން ޖެހެނީ ސުކޫލް ގޯތިތެރޭގައި އޮންނަ ހުސް ޖާގައެއްގައި ކަމަށް ވާތީ ވަރަށް ގިނަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ.އެގޮތުން ސުކޫލުން ބާއްވާ އެސެމްބްލީތަކުގައި ދަރިވަރުން އަވީގައި ތިބެން ޖެހުމާއި، މޫސުން ގޯސްވެއްޖެ ނަމަ ރާވައި އިންތިޒާމް ކުރާ ބައެއް އިވެންޓްތައް ކެންސަލް ކުރަންޖެހޭ ފަހަރުވެސް އާދެ އެވެ.ކުރިމަތިވަމުން […]

އަލިފުށި: “ދަ ބިލްޑަރސް އައިލަންޑް”

މާޅޮސްމަޑުލުއުތުރުބުރީ އަލިފުށްޓަކީ ރ އަތޮޅުން ފާހަގަކޮށްލެވޭ ޚާއްސަ ރަށެކެވެ. ނިޞްބަތުން ކުދި ރަށްތައް ގިނަ ރ އަތޮޅުގެ ދެވަނައަށް އެންމެ ބިން ބޮޑު ރަށަކީ އަލިފުށްޓެވެ. އެއީ 58.8 ހެކްޓަރެވެ. އަތޮޅުގެ އެންމެ ބިން ބޮޑު ފައިނާއި ހުޅުދުއްފާރުގެ ބިމުގެ ބޮޑުމިނަކީ 59 ހެކްޓަރެވެ.އާބާދީގެ ބޮޑުމިނަށް ބަލާއިރުވެސް ރ އަތޮޅުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށުގެ ގޮތުގައި އަލިފުށި ފާހަގަކުރެވެއެވެ. ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާގޮތުން އަލިފުށީގެ އާބާދީ 2800 އަށް އަރައެވެ.ރ.އަލިފުށްޓަކީ ޒަމާނުއްސުރެ […]

“އަލިފުށި އެމްވީ” ގެ ނަމުގައި އާ ވެބްސައިޓްއެއް އިފްތިތާހުކޮއްފި

“އަލިފުށި އެމްވީ” ގެ ނަމުގައި އަލިފުށީގައި ހިންގާ އައު ވެބްސައިޓެއް އިފްތިތާހުކޮށްފިއެވެ. 2023 ޖަނަވަރީ އެއްވަނަ ދުވަހު އިފްތިތާހުކުރި މިވެބްސައިޓުގެ މަޤުޞަދަކީ އަލިފުށީގައި ހިނގާ މުހިންމު ކަންކަމާ ގުޅޭ ޚަބަރުތައް ތާޒާކަމާއި، އިތުބާރާއެކު ކިޔުންތެރިންނަށްފޯރުކޮށްދިނުމެވެ. މީގެއިތުރުން، އަލިފުށީގެ އެކި މުވައްސަސާތަކާއި، ޖަމްއިއްޔާ ޖަމާތްތަކާއި، ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތަކާއި ވަކިވަކި ފަރުދުންގެ އެކި މަޢުލޫމާތު ހިމެނޭ ފީޗަރ ޚަބަރު ތަކާއި ރިޕޯޓުތައްވެސް މިވެބްސައިޓު މެދުވެރިކޮށް ގެނެސްދެވޭނެކަމަށް ވެބްސައިޓު ހިންގާފަރާތުން މަޢުލޫމާތު ދެއްވިއެވެ. އަލިފުށީ އެމްވީ ވެބްސައިޓުގައި ހިމެނޭ ބައިތަކުގެ ތެރޭގައި […]