އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

“އަލިފުށި އެމްވީ” ގެ ނަމުގައި އާ ވެބްސައިޓްއެއް އިފްތިތާހުކޮއްފި

Picture of އެޑްމިން

އެޑްމިން

“އަލިފުށި އެމްވީ” ގެ ނަމުގައި އަލިފުށީގައި ހިންގާ އައު ވެބްސައިޓެއް އިފްތިތާހުކޮށްފިއެވެ. 2023 ޖަނަވަރީ އެއްވަނަ ދުވަހު އިފްތިތާހުކުރި މިވެބްސައިޓުގެ މަޤުޞަދަކީ އަލިފުށީގައި ހިނގާ މުހިންމު ކަންކަމާ ގުޅޭ ޚަބަރުތައް ތާޒާކަމާއި، އިތުބާރާއެކު ކިޔުންތެރިންނަށްފޯރުކޮށްދިނުމެވެ. މީގެއިތުރުން، އަލިފުށީގެ އެކި މުވައްސަސާތަކާއި، ޖަމްއިއްޔާ ޖަމާތްތަކާއި، ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތަކާއި ވަކިވަކި ފަރުދުންގެ އެކި މަޢުލޫމާތު ހިމެނޭ ފީޗަރ ޚަބަރު ތަކާއި ރިޕޯޓުތައްވެސް މިވެބްސައިޓު މެދުވެރިކޮށް ގެނެސްދެވޭނެކަމަށް ވެބްސައިޓު ހިންގާފަރާތުން މަޢުލޫމާތު ދެއްވިއެވެ.

އަލިފުށީ އެމްވީ ވެބްސައިޓުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ޚަބަރުގެ އިތުުރުން ރިޕޯޓް، ކުޅިވަރު، ވިޔަފާރި އަދި ލައިފްސްޓައިލްފާހަގަކޮށްލެވެއެވެ. އަދި މިވެބްސައިޓުގައި ޝާއިޢު ކުރެވޭ ޚަބަރުތައް ސޯސަލް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާ ކުރެވޭނެއެވެ. މިގޮތުން”Alifushimv” ގެ ނަމުގައި ފޭސްބުކް ޕޭޖަކާއި، “Alifushimv” ގެ ނަމުގައި ޓްވިޓާ އެކައުންޓެއްގެ އިތުރުން، “Alifushimv” ގެނަމުގައި ޔޫޓިއުބް ޗެނަލްްއެއް މިހާރުވަނީ ޤާއިމް ކުރެވިފައެވެ.

މިވެބްސައިޓަށް، «އަލިފުށި އެމްވީ» ގެ މެނޭޖްމަންޓުގެ ނަމުގައި ހުރިހާ ކިޔުންތެރިންނަށް މަރުޚަބާ ދަންނަވަމެވެ. އަދި މިވެބްސައިޓުގެ މަޤްޞަދުތަކާ އެއްގޮތަށް، ކިޔުންތެރިންގެ އިތުބާރު ނުގެއްލޭ ގޮތަށް ވެބްސައިޓުގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެކަމަށް މެނޭޖްމަންޓުން މަޢުލޫމާތު ދެއްވައެވެ.