އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

“ދަ ހޫ” މަސްރޭހުގެ އެއްވަނަ ހެދޭކުރި ޓީމަށް

Picture of ފާތިމަތު އަޝްފާ

ފާތިމަތު އަޝްފާ

އަލިފުށީގައި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ “ދަ ހޫ” ގެ ފަރާތުން އަލިފުށީގައި ބޭއްވި ފުރަތަމަ މަސްރޭހުގެ ޗެމްޕިއަންކަން ހެދޭކުރި ޓީމުން ހޯދައިފިއެވެ.
ޖުމްލަ 13 ޓީމު ބައިވެރިވި މި ވާދަވެރި މުބާރާތުގެ އެއްވަނަ ހޯދި ހެދޭކުރި ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 168.14 ކިލޯއެވެ. މުބާރާތުން ދެވަނަ ހޯދި އިންފިނިޓީ ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 60 ކިލޯއެވެ. އަދި 52.32 ކިލޯގެ މަސް ބާނައިގެން ތިންވަނަ ހޯދާފައިވަނީ ކޯޅުން ޓީމުންނެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ދެވަނަ ޓީމަށް ވަނީ ހަތް ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައެވެ. އަދި ތިންވަނައަށް ހޮވުނު ޓީމަށް ފަސް ހާސް ރުފިޔާގެ އިތުރުން ޓްރޮފީ ދީފައިވެއެވެ.
މި މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ ކޯޅުން ޓީމުގެ ޢަބްދުލްޢަޒީޒެވެ. އެއީ 26.98 ކިލޯގެ ފާނައެކެވެ. އަދި 52 މަސް ބާނައިގެން މުބާރާތުގެ އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ހަދާފައިވަނީ ޓީމް ކޮށްޓާލިގެ އިސްމާޢީލް ނަސީރެވެ.
މިފަހަކަށް އައިސް އަލިފުށީގައި އެކި ޖަމްޢިއްޔާތަކުން އިސްނަގައިގެން އަންނަނީ މަސްރޭސްތައް ބާއްވަމުންނެވެ. އަދި މިއީ ޢާންމުންގެ ތެރޭގައި ވަރަށް ވާދަވެރި، މަޤުބޫލު މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.