އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ދިގު އިންތިޒާރަކަށް ފަހު އަލިފުށި ސުކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމުމަކަށް!

Picture of އެޑްމިން

އެޑްމިން

ޒަމާނުންސުރެ އަލިފުށީ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަނގަޅު ފެންވަރެއްގެ ހޯލެއް ސުކޫލްގައި ނެތުމުގެ މައްސަލައެވެ. ތަފާތު ފެންވަރުގައި ބާއްވާ ޖަލްސާތަކާއި، ހަފްލާތައް މިހާރު ބާއްވަން ޖެހެނީ ސުކޫލް ގޯތިތެރޭގައި އޮންނަ ހުސް ޖާގައެއްގައި ކަމަށް ވާތީ ވަރަށް ގިނަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ.
އެގޮތުން ސުކޫލުން ބާއްވާ އެސެމްބްލީތަކުގައި ދަރިވަރުން އަވީގައި ތިބެން ޖެހުމާއި، މޫސުން ގޯސްވެއްޖެ ނަމަ ރާވައި އިންތިޒާމް ކުރާ ބައެއް އިވެންޓްތައް ކެންސަލް ކުރަންޖެހޭ ފަހަރުވެސް އާދެ އެވެ.
ކުރިމަތިވަމުން އަންނަ އުދަގޫތަކަށް ނިމުމެއް އަންނަ ކަމުގެ ފެހި ސިގްނަލް މިވަނީ ދިއްލިފައެވެ. ޖެނުއަރީ 5 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލިފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އަލިފުށީ ސްކޫލް މަލްޓިޕާޕަސް ހޯލު އިމާރާތް ރަސްމީ ކޮށް ހުޅުވުމަށް މިވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތަށް އަލިފުށި ސުކޫލްގެ މުވައްޒަފުންނާއި އަދި އެހެނިހެން މުއައްސަސާތަކުން ވެސް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.