އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި: “ދަ ބިލްޑަރސް އައިލަންޑް”

Picture of ފާތިމަތު އަޝްފާ

ފާތިމަތު އަޝްފާ

މާޅޮސްމަޑުލުއުތުރުބުރީ އަލިފުށްޓަކީ ރ އަތޮޅުން ފާހަގަކޮށްލެވޭ ޚާއްސަ ރަށެކެވެ. ނިޞްބަތުން ކުދި ރަށްތައް ގިނަ ރ އަތޮޅުގެ ދެވަނައަށް އެންމެ ބިން ބޮޑު ރަށަކީ އަލިފުށްޓެވެ. އެއީ 58.8 ހެކްޓަރެވެ. އަތޮޅުގެ އެންމެ ބިން ބޮޑު ފައިނާއި ހުޅުދުއްފާރުގެ ބިމުގެ ބޮޑުމިނަކީ 59 ހެކްޓަރެވެ.
އާބާދީގެ ބޮޑުމިނަށް ބަލާއިރުވެސް ރ އަތޮޅުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށުގެ ގޮތުގައި އަލިފުށި ފާހަގަކުރެވެއެވެ. ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާގޮތުން އަލިފުށީގެ އާބާދީ 2800 އަށް އަރައެވެ.
ރ.އަލިފުށްޓަކީ ޒަމާނުއްސުރެ ރާއްޖޭގައި ކިއްސަރު ވަޑާމަށް މަޝްޙޫރު ރަށެކެވެ. ޚާއްސަ ގޮތެއްގައި، ބޯޓުފަހަރު ބަނުމަކީ އަލިފުށީގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުން އަންނަ ޚާއްސަ މަސައްކަތެކެވެ. މިގޮތުން ރާއްޖޭގައި ބަނދެފައިވާ މަސްދޯނިފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 80 އިންސައްތަ އުޅަނދަކީ އަލިފުށީގެ ހުނަރުވެރި ވަޑީންގެ ޚިއްސާ އޮވެގެން ބަނދެފައިވާ އުޅަނދުފަހަރުކަން ފާހަގަކުރަންޖެހެއެވެ. ޒަމާނަށް އައި ބަދަލުތަކާއި ކުރިއެރުންތަކާއެކު، މި މަސައްކަތުގެ ވައްޓަފާޅިއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އަލިފުށީގައި މިހާރު ބަންނަމުންދާ އޮޑިދޯނިފަހަރު ބަންނަނީ ފައިބަރާއި އެހެންވެސް ޒަމާނީ ގޮތްތައް ބޭނުންކޮށްގެނެވެ.
އަލިފުށީގައި އާމްދަނީ ހޯދުމަށް ޢާންމުކޮށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުމުގެ އިތުރަށް، މަސްވެރިކަމާއި، އިމާރާތް ކުރުމާއި، މަސް ކައްކައި ހިއްކުމާއި، ފެހުމުގެ މަސައްކަތާއި، ގޯތި ތެރޭގައި ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުން ހިމެނެއެވެ. ނަމަވެސް އެންމެ ޚާއްސަ މަސައްކަތުގެ ގޮތުގައި އަދިވެސް އޮތީ ކިއްސަރު ވަޑާމެވެ. “ދަ ބިލްޑަރސް އައިލަންޑް”‘ އަކީ އަލިފުށީގެ މި ޚާއްސަ މަސައްކަތް ރަމްޒުކޮށްދިނުމަށް މިހާރު ބޭނުންކުރަމުން އަންނަ ސްލޯގަންއެވެ.
އަލިފުށީގައި ވަޑާންކުރުމުގެ އިތުރަށް، އެކި ސިނާޢަތްތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަރަމުންނެވެ. ކުރިއަށްވުރެ ޒަމާނީ، ބޮޑެތި މަޝްރޫޢުތަކުގެ ސިފައިގައެވެ. ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ރާޑަރަށް އަލިފުށި އަރައި، މިވަގުތު އެންމެ ގިނަ މަޝްރޫޢު ކުރިއަށްދާ އެއް ރަށުގެ ގޮތުގައި އަލިފުށިވެސް ހިމެނެއެވެ. މިވަގުތުވެސް ސަރުކާރުން އަލިފުށީގައި 14 މަޝްރޫޢު ހިންގަމުން އަންނަކަމީ މިކަމުގެ ހެއްކެކެވެ. މި މަޝްރޫޢުތަކާއެކު އަލިފުށްޓަށް މުޅިން އައު ސިނާޢަތްތައްވެސް ތަޢާރަފުވެގެންދާނެއެވެ. އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ބިން ހިއްކުމާއެކު އަލިފުށީގައި ތަރައްޤީކުރެވޭ އެއަރޕޯޓެވެ.

1 ކޮމެންޓް
Most Voted
Newest Oldest
Inline Feedbacks
ހުރިހާ ހިޔާލުތަށް ބެލުމަށް
އަޙްމަދު
އަޙްމަދު
ގެސްޓް

ފައިނުގެ ބޮޑުމިނަކީ 66.3 ހެކްޓަރު