އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އެއްވެސް މެޗަކުން ބަލިނުވެ ފެޑެރޭ ފައިނަލަށް

ފޮޓޯ: އާމިއާ
Picture of އެޑްމިން

އެޑްމިން

އަލިފުށީގައި މިހާރު ކުރިއަށްދާ ”އެލްދީ ބިދަބިން އާމިއާ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022” ގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ފެޑެރޭ ފައިނަލަށް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ހޯދާަފައިވަނީ ސްޓްރޭންޖަސްއިންނެވެ. 

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފެޑެރޭއަށް ވަނީ ޖުމްލަ 12 ޕޮއިންޓް ލިބިފައެވެ. އަދި ސްޓްރޭންޖަސް ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓްލިބިގެންނެވެ. މުބާރާތުގެ ތިންވަނަ މަޤާމުލިބުނު ކްލެސިކޯ އެފްސީއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. 

އެލްދީ ބިދަބިން އާމިއާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހަވީރު 16:00 ގައި އަލިފުށީ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާ އަދި ރަނައަޕް ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމްކުރާ އާމިއާ އިން ހާމަކޮށްފައިވެއެވެ.