އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯހެއް ފެށުމަށް އިއުލާން ކޮށްފި

Picture of އެޑްމިން

އެޑްމިން

އަލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް އިއުލާން ކޮށްފިއެވެ.
މި ކޮމެޓީގެ ފަރާތުން އަލިފުށީގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްއަކީ ތަފާތު ރޮނގުތަކުން މަސައްކަތްތެރިން ތަމްރީނުކުރުމުގެ ގޮތުން މިކަމުގެ ތަޖުރިބާ ލިބިލައްވާ ފައިވާ ފަރާތްތަކާއި މަޝްވަރާކުރެވި އެފަރާތާއި ގުޅިގެން 15 ދުވަހުގެ މުއްދަތައް ހިންގާ ކޯހެކެވެ.
މާރޗު 1 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް-/2000 ރުފިޔާގެ ފީ އެއް ދައްކަން ޖެހޭކަމަށާއި، ކޯހަށް ބޭނުންވާ ތަކެތި ކޯސް ހިންގާ ފަރާތުން ފޯރުކޮށްދެވޭނެ ކަމަށް އިއުލާންގައި ބަޔާންކޮށްފައިވެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބްރުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް އެދިފައިވާއިރު މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9148043 ނުވަތަ 9375352 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މިހާތަނަށް މިފަދަ އެތައް ޕްރޮގްރާމްތަކެއް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފޮތި ކޮތަޅު ފަހަން ދަސްކޮށްދިނުމުގެ  ކޯހާއި، އަންހެން ބޭކަނބަލުންނަށް ޚާއްސަކޮށްގެން ބޭއްވުން ކަސްރަތު ޕްރޮގްރާމާއި ވޮލީ މުބާރާތެއްގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމާއި ތަފާތު އެވެއަރނަސް ޕްރޮގްރާމް ތައް ފާހަގަކޮށްލެވެއެވެ.