އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި ސުކޫލް ސައިންސް ފެއަރ 2023 ކާމިޔާބުކަމާއި އެކު ނިންމާލައިފި

Picture of އެޑްމިން

އެޑްމިން

ދަރިވަރުންގެ ހުނަރުވެރި ހުށައެޅުންތަކާއި އެކު އަލިފުށި ސުކޫލް ސައިންސް ފެއަރ – އެފްކާސް 2023 ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

އަލިފުށީ ސުކޫލުގެ ސައިންސް ކްލަބްގެ ފަރާތުން ގްރޭޑް 4 ކުން ފެށިގެން 9 ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ބޭއްވި މިފެއަރ އަކީ ސައިންސްގެ ދާއިރާ އިން ދަރިވަރުންގެ ތަފާތު ފަންނުތަކާއި ހުނަރުތައް ދައްކާލުމެވެ. ދަރިވަރުންގެ ހުށައެޅުންތައް ދެބަޔަކަށް ބަހާލެވިގެން ކުރިއަށް ދިޔަ މި ފެއަރގައި ކޮންމެ ގްރޭޑްއަކުން ގްރޫޕްތަކުގެ ބަޔާއި ވަކިވަކި ދަރިވަރުންގެ ބައިގެ ހުށަހެޅުންތައް ދައްކާލައިފައިވެއެވެ.

ދެދުވަހަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ މާރޗު 3ވަނަ އަދި 4 ވަނަ ދުވަހު އަލިފުށި ސުކޫލު މަލްޓިޕާޕަސް ހޯލުގައެވެ. 3 މާރޗު ވީ ހުކުރު ދުވަހު ކުރިއަށް ދިޔައީ ދަރިވަރުންގެ ހުޅަހެޅުންތަކަށް ފަނޑިޔާރުން އިންސާފު ކުރުމެވެ. އަދި 4 މާރޗް ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9 ކުން 12 އަށް ދަރިވަރުންގެ ހުށަހެޅުންތައް އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

” އެކޯ ފްރައިންޑްލީ ކިޑްސް އޮފް އަލިފުށި ސުކޫލް” – އެފްކާސް 2023 ގެ ނަމުގައި ސައިން ކްލަބުން މިއަހަރު ކުރިއަށްގެންދިޔަ މި ސައިންސް ފެއަރ އަކީ ‘ބަޔޯޑީގްރޭޑެބަލް’ މި ތީމްއަށް އަމާޒުކޮށްގެން ބޭއްވުނު ފެއަރ އެއްކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން ދަރިވަރުން ގެ މޮޑެލް ތައް ތައްޔާރު ކުރުމުގައިވެސް ބޮޑަށް، އަމިއްލައަށް ނުވަތަ ފަސޭހައިން ނައްތާލެވޭ ފަދަ ތަކެތި ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮންމެ ގްރޭޑްއަކުން ވެސް ގްރޫޕްތަކުގެ ބަޔާއި ވަކިވަކި ދަރިވަރުންގެ ބައިގެ އެންމެ މޮޅު 3 ހުށައެޅުން ހޮވުމަށް ހަމަޖެހިފައިވާއިރު، ސައިންސް ކްލަބް އިން ފާހަގަ ކުރެއްވި ގޮތުގައި މި ފެއަރ އަކީ އެއް އަހަރުން އަނެއް އަހަރަށް ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ. މިއަހަރުގެ މި ސައިންސް ފެއަރ ގައި 130 ވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ތަފާތު 73 ހުށައެޅުން ދައްކާލައިފައިވެއެވެ.