އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އިނގުރައިދޫއާއި ދުވާފަރު އަތޮޅުބުރު ފައިނަލަށް

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
Picture of އެޑްމިން

އެޑްމިން

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2023 ގައި ރ.އަތޮޅު ބުރުގެ ފައިނަލަށް އިނގުރައިދޫ އަދި ދުވާފަރު ދަތުރުކޮށްފިއެވެ. މިދެޓީމުވެސް ފައިނަލް ދަތުރުކޮށްފައިވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

އެގޮތުން އިނގުރައިދޫ އިން ވަނީ އިންނަމާދޫ އަތުން 8-0 ން މޮޅުވެފައެވެ. އަދި މީދޫއަތުން 7-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އިނގުރައިދޫ ވަނީ 3-0 އަލިފުށިވެސް ބަލިކޮށްފައެވެ.

ދުވާފަރު ކުޅުނު މެޗުތަކަށް ބަލާއިރު، އެޓީމުން ވަނީ ރ. މީދޫ 6-1 އިން ބަލިކޮށްފައެވެ.އަދި އިންނަމާދޫއަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ދުވާފަރު ޓީމުން ވަނީ 1-0 އިން އަލިފުށިވެސް ބަލިކޮށްފައެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއްމެޗު އޮތް ނަމަވެސް ފައިނަލަށް ދަތުރުކުރި ދެޓީމު މިހާރުމިވަނީ ޔަގީންވެފައެވެ.