އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން އަލިފުށީގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

Picture of އެޑްމިން

އެޑްމިން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން އަލިފުށީގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މާރޗް 2 ވީ ބުރާސްފަތި ދުވަހު އަލިފުށި ހެލްތު ސެންޓަރ ގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްއަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ރ އަތޮޅަށް ޚާއްޞަކޮށްގެންދާ ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ 4 ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް އަދި ހަމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ވަނީ ބަލިމީހުން ބަލާފައެވެ.

ކޮންމެ އަހަރަކުވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން އަލިފުށީ ހެލްތު ސެންޓަރ ގައި މިފަދަ އައުޓްރީޗް ޕްރޮގްރާމް ކުރިއަށް ގެންދާއިރު މިފަހަރުގެ މި ޕްރޮގްރާމް ގައި 111 ބަލިމީހުންނަށް ޚިދުމަތް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުގައި އަލިފުށީގެ ގިނަ ރައްޔިތުންނަށް ދަތިތަކަކާއި ކުރިވަމުން އަންނަ އިރު މިފަދަ އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަަބަބުން ފަސޭހަތަކެއްވެގެންދެއެވެ.