އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ޗުއްޓީއަށް ފަހު މާދަމާ ސްކޫލުތައް ހުޅުވެނީ….

ފޮޓޯ: އަލިފުށި ސްކޫލް
Picture of އަލީ ޝަހީމް

އަލީ ޝަހީމް

ފުރަތަމަ ޓާރމުގެ ބަންދު ދުވަސްތަކަށް ފަހު މާދަމާއަކީ ސްކޫލުތައް ހުޅުވޭ ދުވަހެވެ. ދެވަނަ ޓާރމުގެ ކިޔެވުން މާދަމާ ފެށޭއިރު ދަރިވަރުންނާ ބެލެނިވެރިން އަންނަނީ ސުކޫލަށް ދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންނެވެ. ވޭތުވެދިޔަ ފަނަވަރަކަށް ދުވަސް ވެފައިވީ ރައްޓެހިންނާ އާއިލާގެ މީހުން އެއްތަނަކުން ބައްދަލުވެ އެކުވެރިކަމާ އާއިލީ ގުޅުން ވަރަށް ރަނގަޅަށް ބަދަހިވެގެން ދިޔަ ދުވަސްތަކަކަށެވެ.

ސްކޫލުދަރިވަރުންނަށް ޗުއްޓީ ލިބޭ ދުވަސްވަރު މިގޮތަށް އާއިލީ ގުޅުން ބަދަހި ކުރުމަށް އެތައް ފުރުޞަތުތަކެއް ލިބިގެންދާކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ދުރު ރަށްރަށުގައި ތިބި އާއިލާތަކުގެ މީހުން އެއްތަނަކަށް ޖަމާވެ އާއިލީ ގުޅުން ބަދަހިވެގެން ދާތަން ފެނެއެވެ. ހަމަ އެހެންމެ ރަށްރަށުގައިތިބޭ މީހުން މާލެގޮސް ބޭސްފަރުވާ ކުރުމަށް ދާދިޔުމުން،މާލޭގައިތިބޭ އެކުވެރިންނާ ތިމާގެ މީހުންނާ ބައްދަލުވެ ގުޅުންތައް ބަދަހި ވެގެން ދެއެވެ.

ކޮންމެއަކަސް ޗުއްޓިއަކީ ހަމައެކަނި އުފާކުރުމާ މަޖާކުރުމަށް އޮތް ދުވަސްތަކެއް ނޫނެވެ. ރީތިއާދަތަކާ ފޮތްތެރިކަން އިތުރު ކުރުމަށް ވެސް އޮތް ދުވަސްވަރެކެވެ. ގުޅުންތައް ބަދަހި ކުރާނެ ރަނގަޅު ރީތި ގޮތްތައް ދަސްކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

އުއްމީދަކީ މިފެށޭ އައު ޓާރމަކީ ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ޓާރމެއްކަމުގައި މިންވަރު ކުރެއްވުމެވެ.އާމީން..