އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އެކުވެރި ކަމުގެ ފުޓުބޯޅަ މެޗަކަށް އަލިފުށީ ސުކޫލު ދަރިވަރުން ކޮމަންޑޫއަށް

Picture of އަލީ ޝަހީމް

އަލީ ޝަހީމް

ށ އޭއީސީގެ ދަރިވަރުންނާ އަލިފުށީ ސްކޫލުގެ ދަރިވަރުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް މިއަދު ކުޅެފިއެވެ. ށ ކޮމަންޑޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ގޯލުޖެހީ އަލިފުށީ ސްކޫލުޓީމުންނެވެ. ޖާޒީނަމްބަރު 26 އަހުމަދު ޒަލަފު ޖަހައިދިން ގޯލުގެ ސަބަބުން މެޗުގެ ފޯރި ވަރަށް ގަދަވިއެވެ.

މެޗުގެ ދެވަނަހާފުގައި ށއޭއީސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ށއޭއީސީގެ ޓީމުގެ ކުޅުން ވަރުގަދަކޮށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ދެޓީމުންވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތްތަކެއް ކުރިއެވެ. ކުޅެވުނު ފޯރިގަދަ މެޗު ނިމުނީ 1-1ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެނެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލިފުށީ ސްކޫލު ޓީމުގެ ޖާޒީނަމްބަރު 26 އަހުމަދު ޒަލަފެވެ.

މިފަދަ މެޗުތަކުގެ ސަބަބުން ދެރަށުގެ ސްކޫލު ދަރިވަރުންނާ މުދައްރިސުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދެއެވެ.