އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރުވެސް އަލިފުށީގެ ޓީމެއް ފެންނާނެ

Picture of އަލީ ޝަހީމް

އަލީ ޝަހީމް

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓުސަލް މުބާރާތުގައި މިފަހަރުވެސް އަލިފުށީގެ ޓީމެއް ބައިވެރި ވާނެއެވެ. މިހާރު ގުރުއަތުލުންވެސް ނިމިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 4ވަނަ ދުވަހުއެވެ.

ޖުމުލަ 102 ޓީމު ބައިވެރިވެފައިވާ މިމުބާރާތުގައި 242 މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ. މިފަހަރުގެ މުބާރާތުގައި އަތޮޅުތަކުން ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވާކަން އިންތިޒާމުން ފާހަގަ ކުރެއެވެ.

މިމުބާރާތުގައި އަލިފުށީގެ ޓީމެއްވެސް ނުކުތުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަލިފުށި ތަމްސީލުކުރާ ޓީމުވަނީ މީގެކުރިން 3ފަހަރެއްގެ މަތިން ބައިވެރި ވެފައެވެ. ” އެޓޯލް ރައުންޑް” އިން ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަށުޓީމު މިފަހަރުވެސް ނުކުންނާނީ މުބާރާތް ކާމިޔާބު ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ. މުބާރާތުގައި އަލިފުށި ޓީމު ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗު އޮންނާނީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހެވެ.

ޓީމުގެ މެނޭޖުމަންޓު އަދި ރަށު ރައްޔިތުންގެވެސް އުއްމީދަކީ މިފަހަރުގެ މުބާރަތަކީ އަލިފުށީ ޓީމަށް ކާމިޔާބު މުބާރާތަކަށް ވުމެވެ.