އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އުނގެނުމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ބެލެނިވެރިން، ސުކޫލަށް 2 ބެންޗު ހަދިޔާކޮށްފި

Picture of އެޑްމިން

އެޑްމިން

އަލިފުށީ ސުކޫލުގެ މިއަހަރުގެ ގްރޭޑު 10ގެ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ސުކޫލަށް 2 ބެންޗު ހަދިޔާ ކޮށްފިއެވެ.

ގްރޭޑް 10 ގެ ދަރިވަރުންނާއި ބެލެނިވެރިން ގެ ފަރާތުން މިފަދަ އެއްޗެއް ހަދިޔާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ޤާއިމު ކުރުމެވެ. މި ބެންޗު ސުކޫލަށް ހަވާލުކޮށްފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުއެވެ. ހަދިޔާ ކޮށްފައިވާ ދެ ބެންޗުގެ ތެރެއިން އެއް ބެންޗުގައި ގާތްގަނޑަކަށް 10 ކުދިންނަށް ތިބެވޭ އިރު ދެން ހުރި ބެންޗުގައި 6 ކުދިންނަށް ތިބެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފުށި ސުކޫލްގައި ކްލާސްރޫމްތަކުގެ ދަތިތަކާއި ކުރިމަތިވަމުން އަންނަ މި ދަނޑިވަޅުގައި މި ބެންޗު ތަކުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެއެވެ. ޚާއްސަކޮށް މަތީ ގްރޭޑްތަކުގައި މާއްދާ ދޫކޮށްލައި ދަރިވަރުންގެ ހުސް ގަޑި ތަކުގައި ބޭނުންކުރާނެ ކްލާސްރޫމެއް ނެތި ތިބުމަށް ނިމުމެއް އައިސް، ބެންޗު ގައި ތިބެ ޕާސްޕޭޕަރ ހެދުމާއި ކިޔެވުމުގެ އެކި ކަންކަން ކުރުމަށް ފުރުޞަތު ލިބިގެން ދާނެއެވެ.

އަލިފުށި ސުކޫލްގައި މީގެ 10 ވަރަކަށް އަހަރު ކުރިން ވެސް ވަނީ ސުކޫލު ގޯތިތެރޭގެ އެކި ހިސާބުގައި މި ފަދަ ބެންޗު ތަކެއް ބޭނުން ކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން ދަރިވަރުންނަށް ކްލާހުން ބޭރުގައި، ސުކޫލު ގޯތިތެރޭގައި ކިޔެވުމުގެ ފުރުޞަތު ގެއްލިފައިވާތާ އަހަރުތަކެއްގެ ފަހުން މިވަނީ އެފުރުޞަތު ލިބިފައެވެ.

އަލިފުށީ ސުކޫލުގެ ދަރިވަރުން ތަޢުލީމް ޙާސިލްކުރުމަށް އުފާވެރި ފަހި މާޙައުލެއް ޤާއިމު ކުރުމަށް މުވައްޒަފުންނާއި ބެލެނިވެރިން ކުރައްވަމުން އަންނަ މިފަދަ އެންމެހާ މަސައްކަތްތައް ފާހަގަކޮށްލަމެވެ.