އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި ޕްރީ ސުކޫލްގެ ދަރިވަރުން ސަޤާފީ ދުވަސް ފާހަގަކޮށްފި

Picture of އެޑްމިން

އެޑްމިން

އަލިފުށި ޕްރީ ސުކޫލްގެ ސަޤާފީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އަލިފުށި ޕްރީ ސްކޫލުން ދަރިވަރުންނަށް މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަޤްޞަދަކީ ދިވެހި ކާބަފައިންގެ އާދަކާދައާއި ސަޤާފަތް ދަރިވަރުންނަށް ދައްކާ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ސަޤާފަތަށް ލޯބިޖެއްސުމެވެ.

މިއަދު ހަވީރު ހީރާ ހޯލުގައި އޮތް މި ހަރަކާތުގައި ކާބަފައިންގެ ޒަމާނުގައި ގެންގުޅެފައިވާ ތަފާތު ވައްތަރުގެ ތަކެއްޗާއި ލައި އުޅުން އަންނައުނާއި ވާހަކަ ދެއްކުމަށް ބޭނުންކުރި ތަފާތު ގޮތްތަކުގެ އިތުރުން ކުޅެ އުޅުން ބައެއް ކުޅިވަރުތައް ވަނީ ދަރިވަރުންނަށް ދައްކާލައިފައެވެ.

އަލިފުށި ޕްރީ ސްކޫލުން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރަމުން ދާއިރު އެއް އަހަރުން އަނެއް އަހަރަށް ބާއްވަމުން އަންނަ ހަރަކާތްތައް ފުރިހަމަކަން ފާހަގަކޮށްލެވެއެވެ.

އަލިފުށީ ކައުންސިލްގެ ދަށުން ހިންގަމުން އަންނަ އަލިފުށި ޕްރީ ސްކޫލްގައި ތަޢުލީމް ޙާސިލްކުރުމުންދާ ތުއްތު ކުދިންގެ މެދުގައި އުނގެނުމަށް ޝައުޤުވެރިވާ ފަދަ ހަރަކާތްތަކާއި އެކު އުނގަންނައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ކިޔަވައިދޭ ގިނަ ބައިތައް އަަމަލީ ގޮތުން ދަރިވަރުންނަށް ދައްކުވައިދީ ގިނަ ކަންތައްތަކުގައި ދަރިވަރުން ބައިވެރިކުރާކަން ފާހަގަކުރެވެއެވެ.