އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި ސުކޫލް ފައުންޑޭޝަން ސްޓޭޖް ދަރިވަރުން “ކެރިއާ ޑޭ” ބާއްވައިފި

Picture of އެޑްމިން

އެޑްމިން

ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ހުނަރުވެރި ހަރަކާތްތަކާއި އެކު އަލިފުށި ސްކޫލް “ކެރިއާ ޑޭ” ބާއްވައިފިއެވެ.

އަލިފުށި ސުކޫލުގެ ބިޒްނަސް ކްލަބްގެ ފަރާތުން ފައުންޑޭޝަން ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ބޭއްވި މި ހަރަކާތަކީ އެކުދިން ކިޔަވަމުންދާ ފިލާވަޅެއް ކަމުގައިވާ ‘ކޮމިއުނިޓީ ހެލްޕާސް’ މި ފިލާވަޅާއި ގުޅުވާލެވިގެން ގެންދެވުނު ހަރަކާތެކެވެ.

މިފަދަ ހަރަކާތެއް އިންތިޒާމް ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ތަފާތު ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތް ކުރާ ފަރާތްތަކުގެ މަސައްކަތްތަކާއި ބޭނުންކުރާ ތަކެތީގެ އިތުރުން މަސައްކަތް ކުރާ މާޙައުލު ދަރިވަރުންނަށް ބުނެދީ ދައްކާލުމެވެ.

މިއަދު ހަވީރު ހީރާ ހޯލުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ދަރިވަރުން ވަނީ މުޖުތަމަޢުއަށް ޚިދުމަތް ކުރާ ބައެއް ދާއިރާތަކުގެ ޚިދުމަތްތެރިންގެ މަސައްކަތްތައް ތަފާތު ހުނަރުތަކާއިއެކު ދައްކާލައިފައެވެ. އަދި މި ހަރަކާތަށް ހުރިހާ ދަރިވަރުންވެސް ބޭނުންކޮށްފައިވަނީ އެދަރިވަރަކު އެންމެ ޝައުގުވެރިވާ ދާއިރާއަކާއި ގުޅޭ ހެދުމެއް ނުވަތަ ޔުނީފޯމެއް ކަން ވެސް ފާހަގަކޮށްލެވެ.

ތަފާތު ޚިދުމަތްތަކުގެ މަސައްކަތު މާޙައުލާއި މަސައްކަތްތަަކަށް ބޭނުންކުރާ ތަފާތު އެއްޗެހި ދައްކުވައިދޭ ސްޓޭޝަންތައް ތައްޔާރުކޮށްފައިވާ މި ހަރަކާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއްވީ ބައެއް ދާއިރާތަކުގެ ޚިދުމަތްތެރިން މި ހަރަކާތުގައި ބައިވެރިވެ ދަރިވަރުންނަށް އެ ޚިދުމަތްތަކާއި ގުޅޭ ގޮތުން ދެއްވި މައުލޫމާތުތަކުންކެވެ.