އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

ގޯލްޑަން ފުޓްސަލް ޗެލްންޖުގައި އަލިފުށީގެ ފުރަތަމަ މެޗު މާދަމާރޭ

Picture of އެޑްމިން

އެޑްމިން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބައިވެރިވެފައިވާ އަލިފުށި ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު މާދަމާރޭ 23:00 ގައި ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި އޮންނާނެވެ. އެގޮތުން އަލިފުށީ ޓީމު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ރ. އިންނަމާދޫ ޓީމާއެވެ. މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަލިފުށި ޓީމްގެ ފަރިތަކުރުންތައް ފަށާފައިވަނީ 2022 ނޮވެމްބަރ 29 ގައި ކަމަށާއި، ނަމަވެސް އަލިފުށިގައި ބާއްވާ ފުޓްބޯޅައިގެ އެންމު ބޮޑުމުބާރާތް ކަމުގައިވާ އާމިއާ ފުޓްބޯޅަ މުބާރާތަށް ޕްރެކްޓިސްތައް މެދުކަނޑާލުމަށްފަހު އަލުން ޕްރެކްޓިސްތައް ފެށިފައިވަނީ 2023 ޖެނުއަރީ 10 ވަނަ ދުވަހު ކަމަށް ޓީމުގެ މެނޭޖަރ މައުލޫމާތު ދީފައިވެއެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 25 އަށްވުރެ ގިނަ ޕްރެކްޓިސް ކުރެވިފައިވާ ކަމަށް ޓީމްގެ މެނޭޖަރ ޙުސައިން ޢަޒްމީލް ބުނެފައިވެއެވެ. އެގޮތުން މެޗު އެކްސްޕީރިއަންސް ހޯދުމަށްޓަކައި ގިނައިން ކުޅެފައިވަނީ މެޗުތައް ކަމަށާއި، ޕްރެކްޓިސް މެޗުތަކުގެ ނަތީޖާތައް ރަގަޅު ކަމަށް ޓީމުން ފާހަގަކޮށްފައިވެއެވެ. އަދި އަލިފުށި ޓީމާއި ކޯޗަކު ގުޅުނީ މުބާރާތް ފެށުމަށް ވަރަށް ގާތްވެފައިވަނިކޮށް ކަމަށާއި، ނަމަވެސް ކޯޗާއި އެކު މިވީ ކުޑަދުވަސްކޮޅު ތެރޭގައި ޓީމުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމީ މެނޭޖަރގެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އަލިފުށީ ޓީމުގެ ހޯމް އެންޑް އަވޭ ޖާރޒީގައި ޓީމުގެ ބައެއް ކުޅުންތެރިން

މާދަމާރޭގެ މެޗަށް އަލިފުށި ފުޓްސަލް ޓީމު ތައްޔާރުވެފައިވާއިރު ޓީމަށް ދެން އެންމެ ބޭނުންވާނީ ސަޕޯޓަރުންގެ އެހީތެރިކަމެވެ. ފުޓްބޯޅަ އަދި ފުޓްސަލް އަކީ ސަޕޯޓަރުންގެ ދަޢުރު ވަރަށް ބޮޑު ކުޅިވަރަކަށްވާތީ، އަލިފުށި ޓީމަށް ސަޕޯރޓް ކުރުމަށް މާދަމާރޭ ހުރިހާ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ޓީމުގެ ވަރަށް ބޮޑުއެދުމެކެވެ. އަދި އަތޮޅު ބުރުގައި އަލިފުށި ޓީމުން ކުޅޭ ދެވަނަ މެޗުގައި ވާދަވެރި އިނގުރައިދޫއާއި ދެކޮޅަށް ނުކުންނާނީ ފެބްރުއަރީ 15 ވަނަދުވަހުގެ 21:00 ގައެވެ.