އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އަލިފުށި ސުކޫލް ގްރޭޑް 10ގެ ދަރިވަރުން ތަޢުލީމީ ދަތުރެއްގައި ހުޅުމާލެ ހުރަވީ ސުކޫލަށް

Picture of އެޑްމިން

އެޑްމިން

އަލިފުށި ސުކޫލްގެ ގްރޭޑް 10ގެ ދަރިވަރުން ތަޢުލީމީ ދަތުރެއްގައި ހުޅުމާލެ ހުރަވީ ސުކޫލުގައި ކިޔެވުމަށް  ފުރައިފިއެވެ.

އަލިފުށި ސްކޫލާއި ހުރަވީ ސުކޫލު ގުޅިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ‘ސްޓްޑީ ކޭމްޕް’ ގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުން އޯލެވެލް އިމްޙާނަށް ތައްޔާރުވުމަށް އިތުރު ތަޖުރިބާ ހޯދުމެވެ.
އެގޮތުން 12 ފެބްރުއަރީ އިން 16ފެބްރުއަރީ އަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 8 ކުން ހަވީރު 4 ކަށް ތާވަލް ކުރެވިފައިވާ ކްލާސްތަކެއް ކުރިއަށް ދާނެކަމަށާއި މީގެ އިތުރުން މާލޭގެ އެހެން ސުކޫލްތަކުގެ ތަޖުރިބާކާރު މުދައްރިސުންނާއި އެކު އިތުރު ކްލާސްތައް ރޭވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގްރޭޑް 10ގެ 24 ދަރިވަރުންނާއި 7 މުދައްރިސުންނާއިއެކު ދަތުރުގެ ބައިވެރިން މިއަދު މެންދުރުގެ ވަގުތެއްގައި މާލެއަށް ފުރާފައި ވާއިރު މި ދަތުރުގައި  ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ އާމިނަތު ޖަމީލް ބައިވެރިވެ ވަޑައިގަންނަވާއިރު މި ދަތުރުގެ އިންޗާޖެއްގެ ގޮތުން މަސައްކަތް ކުރައްވަނީ ގްރޭޑް 10ގެ ލީޑިން ޓީޗަރ ޢަލީ ޝަހީމެވެ.

ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަށް ސްކޫލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މި ދަތުރަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް ފައިދާކުރާނެ ދަތުރަކަށް ވެގެންދާނެއެވެ.

ހުރަވީ ސްކޫލަކީ 2019 ވަނަ އަހަރު 600 ދަރިވަރުންނާއިއެކު ހުޅުމާލޭގައި ހުޅުވުން ސްކޫލެކެވެ. މިހާރު މި ސްކޫލްގައި 1000ވުރެ ގިނަ ދަރިވަރުންނަށް ތަޖުރިބާކާރު އެތައް މުދައްރިސުންނެއް ކިޔަވައިދެމުންގެންދަވައެވެ.