އިސްތިހާރު
އިސްތިހާރު
އިސްތިހާރު
Previous slide
Next slide

އިންނަމާދޫ ބަލިކޮށް އަލިފުށި ފެށުން ރަނގަޅުކޮށްފި

Picture of އެޑްމިން

އެޑްމިން

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސެލް ޗެލެންޖު 2023 ގައި އަލިފުށި ކުޅުނު ފުރަތަމަ މެޗު އިންނަމާދޫ އަތުން މޮޅުވެ، ފެށުން ރަނގަޅުކޮށްފިއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު މެޗު އަލިފުށި ކާމިޔާބުކޮށްފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި އަލިފުށީ ޓީމަށް ގޯލްތައް ޖަހައިދީފައިވާ ކުޅުންތެރިންނަށް ބަލާއިރު، އަބްދުﷲ ފާރިޝް (ކޮކިއްޓޭ)  ވަނީ ދެލަނޑު ޖަހާފައެވެ. އަދި އާދަމް މަންސޫރު (މަންތު) ގެ ލަނޑަކާއި އަހުމަދު ވިޖުދާން (ވިޖޫ) ގެ އިތުރުން އަހުމަދު ހުޝާމް (ހުޝާންކޮ)ގެ ލަނޑެއް ވަނީ ފެނިގެން ގޮސްފައެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އަލިފުށީ ޓީމަށް ދެލަނޑު ޖަހައިދިން އަބްދުﷲ ފާރިޝް (ކޮކިއްޓޭ) އެވެ.

މިމުބާރާތުގެ ރ އަތޮޅު ބުރުގައި އަލިފުށީ ޓީމު ދެން ބައްދަލު ކުރާނީ މިމަހު 15 ވަނަ ދުވަހުގެ ރޭ ނުވަގަޑި ސުންމިނެޓުގައި ރ. އިނގުރައިދޫ ޓީމާއެވެ.